އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯއްދަވާނެ ކަމަށާއި އެމައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ މި ސަރުކާރުގެ އިސްވެރިންނަށް ބިރު ދައްކަވައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޭ ޑރ. މުއިއްޒު މިހެން ވިދާޅުވިއިރު އެމްއެމްޕީއާރުސީގެ ފައިސާގެ ބޮޑު ބައެއް ލިބުނު އަދި އޭގެ ފައިދާ ކުރި ގިނަ ފަރާތްތަކަކީ މިހާރު ސަރުކާރުގެ އިސް މަގާމުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންނެވެ. އޭގެ ތެރެއިންވެސް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަކީ އެ ފައިސާ ގޯނި އުފުލިކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ފަރާތެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިސް މަގާމަަކަށް ދާދި ފަހުން އައްޔަންކުރި އަހުމަދު ނިހާން އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން އެތައް ފަރާތެއް ހިމެނެއެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އެ ފަރާތްތަކަށް އެފަދަ ބިރުވެރިކަމެއް ނުދައްކާ ދޫކޮށްލައިފިނަމަ ސަރުކާރުގެ މަގުބޫލުކަން އިންތިހާއަށް ދަށްވަމުންދާއިރު އެ ބޭފުޅުން ސާރުކާއި ދެކޮޅުވެދާނެކަމުގެ ބިރު ހީވާތި އޭގެ ބަދަލެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން އެ ބިރުވެރިކަމާހުއެ އެ ބޭފުޅުންނަށް މުއިއްޒުއާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ހަނިކުމުގެ ގޮތުން ދެއްކެވި ވާހަކައެކެވެ.